logoEN
cocacola
ބަނދަރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ބަނދަރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

އަހުމަދު ޝުރާއު

logo

9/9/2024, 4:46:51 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން 4 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ގޮސިޔާ

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ ޔޫކޭގެ ޓްރާންސްޕޯޓް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 14 ބަނދަރެއްގެ މުވައްޒަފުންނާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެއެވެ. މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މަޤްޞަދަކީ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި އަދި މި ޕްރޮގްރާމުގެ ސަބަބުން ބަނދަރުތަކުގެ މުވައްޒަފުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ.

ޔޫކޭގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި ޕްރޮގްރާމް ނަންގަވައިދެއްވަނީ އެ ޤައުމުގެ ތަޖުރިބާކާރު މާހިރުންނެވެ. މި ޕްރޮގްރާމުގައި ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ބަނދަރުތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ