logoEN
cocacola
ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިފައިވޭ!

ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިފައިވޭ!

އަހުމަދު ޝުރާއު

logo

9/9/2024, 4:14:50 PM

# އެންޑީއެމްއޭ

ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ:- ގާފު ފޮޓޯ | ހުސެއިން އާހިލް

މިއަދު މާލޭގެ ސޯސަން މަގުގައި ހުރި ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 30 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތީރިޓީ, އެންޑީއެމްއޭއިން ބުނެފި އެވެ.

ގޮސިޔާ

އެންޑީއެމްއޭއިން ވަނީ މިއަދު ސޯސަން މަގުގައު ހުންނަ ހ ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ އަދާހަމަ ބައެއް މައުލޫމާތު މީގެ އިރުކޮލެއް ކުރިން ހާމަކޮށްފައެވެ.

އެގޮތުން އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި ޖުމުލަ 37 މީހަކު ހާލުގައި ޖެހިގެން އެއޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އޭގެ ތެރޭގައި 22 ދިވެހިންނާއި 15 ބިދޭސީޢަކު ހިމެނޭކަމަށްވެސް ވަނީ ބުނެފައި އެވެ.

އެންޑީއެމްއޭއިން ބުނީ މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް އެ އޮތޯރިޓީން މިވަގުތު ދަނީ ކުރަމުން ކަމަށެވެ.

ހ. ދޫހިމިރި ގޭގައި ހިންގަމުން އައި ގާމަގު ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ފަހު 3:30 ހާއިރުއެވެ. އަލިފާނުގެ މި ބޮޑުހާދިސާގައި ސިފައިންނަށް އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއިރެއްހާއިރުވި ފަހުންނެވެ. މި ހާދިސާގައި ފިހިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް ދުމުގެ އަސަރުކޮށްގެން ދެމީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ