logoEN
cocacola
ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ކުޅުދުއްފުށި ސިޓީއަށް!

ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ކުޅުދުއްފުށި ސިޓީއަށް!

އަލްފާ އަލީ

logo

8/21/2024, 7:41:00 AM

# އެންޑީއެމްއޭ# މޫސުން

-

ރޭ ކުރި ވިއްސާރާގައި އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ ބައެއް ގެ ތަކަށް ގެއްލުން ލިބިއްޖެ އެވެ.

ގޮސިޔާ

ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އޮރެންޖް އިންޒާރުވެސް ނެރެފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ, ހއ، ހދ އަދި ށ އަތޮޅަށް ރޭ ކުރި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަދެ، ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް, ހދ ކުޅުދުއްފުށީގެ 57 ގެއަކަށް, ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ ގެއްލުން ވެފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އަދި ކުޅުދުއްފުށީގެ 5 ގެއަކުން މީހުން ބަދަލުކުކުރެވިފައިވާކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ