logoEN
cocacola
ކާރިސާތަކަށް ތައްޔާރުވުމަށް ސްޓެލްކޯއާއި އެންޑީއެމްއޭއާއި ދެމެދު މުހިންމު ފަހުމުނާމާއެއް!

ކާރިސާތަކަށް ތައްޔާރުވުމަށް ސްޓެލްކޯއާއި އެންޑީއެމްއޭއާއި ދެމެދު މުހިންމު ފަހުމުނާމާއެއް!

އަހުމަދު ޝުރާއު

logo

8/21/2024, 10:59:48 AM

# އެންޑީއެމްއޭ# ސްޓެލްކޯ

--

ސްޓްލެކޯގެ މުވައްޒަފުން ކާރިސާތަކަށް ވިލުންތެރި ބަޔަކަށް ހެދުމަށްޓަކައި އެކުންފުނިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއާއި އެކު ޚާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

މިއަދު ސްޓެލްކޯގައި އޮތް ރަސްމިއްޔާތެއްގައި މި ޚާއްސަ ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ އެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން. އެވެ.

ސްޓެލްކޯއިން ބުނީ މި ފަހުމުނާމާގެ ދަށުން ⁠ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީވާނެ ކަމަށާއި ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކުރެވޭނެ ކަމަށެވެ. އެގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލިޙާލަތު އިޖާބައިގެ ޤާބިލްކަމުގެ އޮނިގަނޑު އަދި (ކްރައިސިސްގެ ވަގުތުގައި) ޚިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެ ކަމަށާއި ⁠ސްޓެލްކޯއަށް އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ޤާއިމްކުރެވިގެންދާނެ. އެގޮތުން އަރައްކާތަކާއި ގުޅިގެން އަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވަރކްއެއް އެކުލަވާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ⁠ކުންފުނީގައި ކޮމްޕެނީ އެމަރޖެންސީ ރެސްޕޮންސް ޓީމެއް ޤާއިމްކޮށް، މި މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީވާނެ ކަމަށާއި ކުއްލިޙާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ އެކްސަސައިޒްތައް ކުރިއަށްގެންދެވި ކުއްލިޙާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް އަދާހަމަކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، އެކުންފުންޏަކީ އަބަދުވެސް ޤައުމީ ކާރިސާތަކުގަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމަށާއި އެހެންނަމަވެސް މިފަދަ ކާރިސާތަކެއްގަ އަމަލުކުރާނެ ގޮތެއް މިހާތަނަށް އެސްޓެބްލިޝްވެފަ ކުންފުނީގަ ނެތް ކަމަށެވެ.

އެހެންނަމަވެސް ކުންފުނީގެ ތެރޭގަ ހިނގާ ކަންތައްތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައި އެބަހުރި ކަމަށާއި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ޤައުމީ ފެންވަރެއްގަ ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން ފެންނާތީ ސްޓެލްކޯއާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން ވެވުނު އެއްބަސްވުމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގަ ވަރަށް ފުޅާކޮށް ކުންފުނިތަކުގެ ދައުރު ވަނީ ބަޔާންކުރެވިފައި ކަމަށާއި އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކީގަ ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް އެބަހުރި ކަމަށެވެ.

ނަމަވެސް މީގެ ކުރީގެ އަހަރުތަކުގަ މިފަދަ މަސައްކަތްތައް ކުންފުނިތަކާ އެކީގަ ކުރުުމުގައި އެންޑީއެމްއޭއަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައިކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީމިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގައި ކުރިއަށް އޮތް ތަނުގަ ވަރަށް ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގަ ކުރުމަށް ވަނީ ރާވާފައި ކަމަށެވެ. މިގޮތުން ސްޓެލްކޯއަކީ ކްރިޓިކަލް ޚިދުމަތެއް ފޯރުކޮށްދެއްވާ ކުންފުންޏަކަށް ވާހިނދު މި ޚިދުމަތަކީ ކާރިސާގެ ވަގުތުގަވެސް މުޖުތަމަޢުއަށް، ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށް ވާއިރު މިކަން ކާރިސާގެ ވަގުތުގަވެސް ކުރެވޭނެ ގޮތްތައް ރާވާ ހިނގުމުގަ އަދި މިކަމުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ދައުރު ފުޅާކޮށް، ސްޓެލްކޯގެ މުވައްޒަފުންނަކީ ކާރިސާތަކަށް ވިލުންތެރި، މި މަސައްކަތުގަ ޑިޒާސްޓަރ މެނޭޖްމަންޓްއާ އެކީގަ އެއްކޮށް މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފަވާ މުވައްޒަފުންތަކެއްގެ ގޮތުގަ ތައްޔާރުކުރުމަށް ވަނީ ރޭވިފައި ކަން ހިސާން ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ