
ސީއާރުސީ އަތުން މޮޅުވެ ސެމީގެ ފަހު ޖާގަ ސީއެޗްޑީސީއަށް
# ދިވެހި ކުޅިވަރު # އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ފިރިހެން ދެވަނަ ޑިވިޝަން# ހޭންޑްބޯލް މޯލްޑިވްސްސީއެޗުޑީސީ އާއި ސީއާރުސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި މިރޭ ކަސްޓަމްސް ރެކްރިއޭޝަން ކުލަބް (ސީއާރުސީ) އާއި ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (ސީއެޗްޑީސީ) ވާދަކުރި މެޗު 12-24 ގެ ނަތީޖާއަކުން މޮޅުވެ ސެމީގެ ފަހު ޖާގަ ސީއެޗްޑީސީ ކަށަވަރުކޮށްފިއެވެ.

ސީއާރުސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އެއްމެޗުން ބަލިވެ، ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ސީއެޗްޑީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އެއްމެޗުން ބަލިވެ، ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ސީއެޗްޑީސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެެއް މިމެޗުގައި ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 10 ލަނޑުގެ ލީޑަކާއެކު 16-06 ގެ ނަތީޖާއަކުން ސީއެޗްޑީސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު އަށް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީއާރުސީއަށް ކާމިޔާބުކުރެވުނީ ހަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްޑީސީގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 11 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިފައެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ސްޕޯޓްސް މިނިސްޓްރީ ބަލިކޮށް ސްޓެލްކޯ ސެމީފައިނަލުން ޖާގަ ހޯދައިފި

ޒައިދުގެ މޮޅު ކުޅުމާއެކު އިމިގްރޭޝަން ކަޓުވާލުމަށްފަހު ސެމީގެ ފަހު ޖާގަ އެމްއެންޑީއެފްއަށް

އެމްޕީއެލް އަތުން ސީދާ ދެ ސެޓުން ބަލިވެ ޓްރާންސްޕޯޓް މުބާރާތުން ކަޓައިފި
