logoEN
cocacola
ހޫތީން އެމެރިކާގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

ހޫތީން އެމެރިކާގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

އަހުމަދު ޝުރާއު

logo

9/8/2024, 4:32:43 PM

# ހޫތީން

--

ޔަމަނުގެެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލި ކަމަށް ހޫތީން ބުނެެފި އެވެ.

ގޮސިޔާ

ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ އާދީއްތަ ދުވަހުގެ ފަތިހު ނެރުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމެރިކާގެ އެމްކިއު-9 ރީޕަރު ވައްޓާލީ މަރިބްގެ މަތިން ވައިގެ ދިފާއީ ބާރުތަކުން "ދެކޮޅުވެރި ހަރަކާތްތަކެއް ހިންގަމުންދާތީ" ކަމަށެވެ.

އަދި މިއީ ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ވައްޓާލި މިބާވަތުގެ އަށް ވަނަ ޑްރޯން ކަމަށް އޭނާ ވިދާޅުވި އެވެ.

15،240 މީޓަރު (50،000 ފޫޓް) އުސްމިނުން 24 ގަޑިއިރަށް އުދުހޭ މި އެޑްވާންސް ޑްރޯންތައް އެމެރިކާގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސް ބާރުތަކުން ޔަމަނުގެ މަތިން އުދުހޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރުގެ ފަހުކޮޅު ހޫތީން ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުމާ ގުޅިގެން އުފެދުނު ދާހިލީ ހަނގުރާމައިގެ ދުވަސްތައް ވެސް ހިމެނެ އެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދ.ގެ މެދުވެރިކަމާއެކު ހަނގުރާމަ ހުއްޓާލުމަށްފަހު ހަނގުރާމަ ވަނީ ވަރަށް ބޮޑަށް ނިމުމަކަށް އައިސްފައެވެ.

ހޫތީން އަންނަނީ ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ހަނގުރާމައާއި ދެކޮޅަށް ޔަހޫދީންނަށް ވާގިވެރިވާ ބޯޓުތަކަށް ކަނޑުމަގުންވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ