logoEN
cocacola
ހޫތީން މިއަދު އިޒްރޭލަށް ހަމަލާދިނީ އަލަށް ލިބުނު ސުޕާސޮނިކް ބެލިސްޓިކް މިސައިލަކުން, އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު!

ހޫތީން މިއަދު އިޒްރޭލަށް ހަމަލާދިނީ އަލަށް ލިބުނު ސުޕާސޮނިކް ބެލިސްޓިކް މިސައިލަކުން, އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު!

އަހުމަދު ޝުރާއު

logo

9/15/2024, 11:10:08 AM

# ހޫތީން

މިއަދު ހެނދުނުގެ ވަގުތެއްގައި އިޒްރޭލަށް އަމާޒުކޮށް ހޫތީން ދިން ކާމިޔާބު ހަމަލާގެ ތަފްސީލް ހާމަކޮށްފި އެވެ.

ގޮސިޔާ

މި ހަމަލާއާއި ގުޅޭގޮތުން ހޫތީންގެ އަސްކަރީ އިސް ތަރުޖަމާނު ޔަހްޔާ ސަރީ މިއަދު ދެއްވި ތަގުރީރެއްގައި ވިދާޅުވީ ހޫތީންގެ ސިފައިން ޖަފާގައި "އަސްކަރީ ޓާގެޓަކަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް" ހިންގާފައި ވަނީ މުޅިން އަލަށް ލިބުނު ހައިޕަސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ކަމަށެވެ.

އަދި މި މިސައިލަކީ ބޭނުންވާ އަމާޒަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި މިސައިލެއް ކަމަށާއި މިސައިލް ބޭނުންކޮށްގެން މިއަދު ދިން ހަމަލާ ކާމިޔާބުކަމަށް ޔަހްޔާ ވިދާޅުވިއެވެ.

ޔަހްޔާ އިތުރަށް ވިދާޅުވި ގޮތުގައި އެ މިސައިލް 11 މިނެޓުގެ ތެރޭގައި 2،040 ކިލޯމީޓަރު (1،268 މޭލު) ގެ ދުރުމިނަށް ދަތުރުކުރުމުން އިޒްރޭލުގެ ދެ މިލިއަން މީހުން "ދުޝްމަނުންގެ ތާރީހުގައި ފުރަތަމަ ފަހަރަށް" ހިޔާތަކަށް ފިލަން ޖެހުނު ކަމަށެވެ.

ހަމާސް އިން އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީ އިޒްރޭލަށް ދިން ހަމަލާއަށް އެއް އަހަރު ފުރުމާ ގާތްވަމުން އަންނައިރު، އިތުރު މުހިންމު އޮޕަރޭޝަންތަކެއް ހިންގާނެ ކަމުގެ އިންޒާރު އޭނާ ވަނީ އިސްރާއީލަށް ދެއްވާފަ އެވެ.

ހޫތީން މިއަދު ދިން މިސައިލް ހަމަލާ އިޒްރޭލުގެ ވެރިރަށުގެ ޖަފާއަށް އަމާޒުވި އިރު އެ މިސައިލް ހުއްޓުވުމަށް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު އޮތީ ނުކުޅިދިފައެވެ. އެގޮތުން މި ހަމަލާ ހިއްޓުވުމަށް ޔަހޫދީން ކުރި މަސައްކަތުގައި ފޮނުވާލި އިންޓަސެޕްޓާރ މިސައިލްތައްވެސް އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ