logoEN
cocacola
ޔަހޫދީންގެ ވައިގެ ދިފާއީ ނިޒާމް ފޫއަޅުވާލައި ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލަށް!

ޔަހޫދީންގެ ވައިގެ ދިފާއީ ނިޒާމް ފޫއަޅުވާލައި ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލަށް!

އަހުމަދު ޝުރާއު

logo

9/15/2024, 8:06:10 AM

# ހޫތީން

--

ޔަމަނުގެ ހޫތީން އިޒްރޭލަށް މިސައިލް ހަމަލާއެއް ކާމިޔާބުކަމާއި އެކު ދީފި އެވެެ.

ގޮސިޔާ

އިޒްރޭލުގެ ވައިނެޓް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމަނުން ފޮނުވާލި މިސައިލެއް މިއަދު ހެނދުނު ވަނީ އިޒްރޭލުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ލޯޑް ކައިރީގައި އޮންނަ ދަނޑުބިންތަކަށް ވެއްޓިފައި އެވެ. އަދި މި މިސައިލް ހުއްޓުވުމަށް ޔަހޫދީ އަސްކަރިއްޔާއިން އިންޓަސެޕްޓާ މިސައިލްތައް ފޮނުވާލި ނަމަވެސް އެކަން ކާމިޔާބުނުވެ އަމިއްލަ އިންޓަސެޕްޓަރ މިސައިލްތަކުގެ ބައިތަކެއް ވަނީ އެ ސިޓީގެ ރޭލު ސްޓޭޝަނަކަށް ވެއްޓި އެސްޓޭޝަނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުފައި އެވެ.

މ ހަމަލާތަކާއި ގުޅިގެން ސީދާ ގޮތުން އަނިޔާނުލިބުނު ނަމަވެސް ސަލާމަތް ހޯދަން އުޅުނު 5 ޔަހޫދީއަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް ޔަހޫދީންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަމަލާގެ ޒިންމާ ނަގައި ހޫތީންގެ ތަރުޖަމާނު ނަސްރުއްދީން އަމޭރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުގެ ވައިގެ ސިފައިން ޔަމަނުގެ ޕްރޮޖެކްޓައިލް އަށް 20 އިންޓަސެޕްޓަރު ފޮނުވާލި ނަމަވެސް އެ މިސައިލް ވައްޓާނުލެވުނު ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވައިގެ ދިފާއީ ބާރުތައް ފޫއަޅުވާލައި ޔަހޫދީންނަށް ދެވުނީ ކާމިޔާބު ހަމަލާއެއް، މާތް الله އަށް ޝުކުރުވެރިވަން،" އޭނާ ވަކި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

މިހަމަލާއާއި ގުޅިގެން ހޫތީންގެ އަސްކަރީ ބާރުތަކުން އަދި ބަޔާނެއް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ