logoEN
cocacola
އިންޑިއާއިން އެމްޕޮކްސް އަށް ޝައްކު ކުރެވޭ ކޭސް އެއް ފެނިއްޖެ

އިންޑިއާއިން އެމްޕޮކްސް އަށް ޝައްކު ކުރެވޭ ކޭސް އެއް ފެނިއްޖެ

އަހުމަދު ޝުރާއު

logo

9/8/2024, 4:19:04 PM

# އިންޑިއާ

--

އެމްޕޮކްސް ވައިރަސް ހަލުވި ކަމާއި އެކު ފެތުރެމުންދާ ގައުމަކުން ދަތުރުކުރި މީހެއްގެ ގައިން އެމްޕޮކްސްގެ އަލާމާތްތަކެއް ފެނި އިންޑިއާއިން އެމްޕޮކްސްއަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް ރެކޯޑް ކުރެވިފައިވާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ގޮސިޔާ

އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޕޮކްސްގެ އަލާމާތްތަކާއި އެކު ޒުވާން ފިރިހެނަކު ހޮސްޕިޓަލުގައި އެކަހެރިކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

"ކޭސް މެނޭޖް ކުރަމުން ދަނީ ގާއިމުކުރެވިފައިވާ ޕްރޮޓޮކޯލްތަކާ އެއްގޮތްވާ ގޮތުގެ މަތިން. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަދޭ, ފުރިހަމައަށް މި ބައްޔަށް އިންޑިއާ އޮތީ ތައްޔާރަށް" ހެލްތު މިނިސްޓްރީން ބުންޏެވެ.

މި ބަލީގެ ސީދާ ޔަގީންކަން ލިބިފައިވާކަން އަދި މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް އެމީހާގެ ޓެސްޓުތައް ހަދަމުން ދަނީ އެމްޕޮކްސްކަން ފުރިހަމައަށް ޔަގީންކޮށް ބަލީގެ ސްޓެއިންވެސް ދަނެގަނެވޭނެ ގޮތަށް ކަމަށް ވެސް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ.

އެމްޕޮކްސްގެ ކްލޭޑް 1ބީ ވައްތަރުގެ އެމްޕޮކްސް އަކީ އާދަޔާ ހިލާފަށް ކްލޯޒް ކޮންޓެކްޓްގެ ޒަރިއްޔާއިން ފަސޭހައިން ފެތުރޭ އެއްޗެއް ކަމަށް ފެންނާތީ މުޅި ދުނިޔެ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެފްރިކާގެ ގައުމުތަކުގައި މިހާރު ގިނައިން ފެތުރެމުންދަނީވެސް މި ވައްތަރެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ އެމްޕޮކްސްގެ އެހެން ސްޓްރެއިންއެއްގެ ކޭސްތައް ފެނިފައި ނުވި ނަމަވެސް މިއީ ކްލޭޑް 1ބީ ސްޓްރެއިން ޝައްކު ކުރެވޭ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ