
ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި
# އިންޑިއާ--
އިންޑިއާގެ ވެރިރަށް އިންޑިޔާގެ ވައި ތަޣައްޔަރުވާ މިންވަރު މި ސީޒަނުގައި ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ނޭޝަނަލް ކެޕިޓަލް ޓެރިޓަރީ (އެންސީޓީ)ގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ 1،081 އަށް އަރާފައިވާ ކަމަށް ސްވިޒަލޭންޑްގެ ގްރޫޕް އައިކިއުއެއާގެ ލައިވް ރޭންކިންއިން ވަނީ ދައްކާފައި އެވެ. މިއީ ފަހުގެ ތާރީހެއްގައި މިހާވަރަށް ދިއްލީގެ ވައި ތަގައްޔަރުވި ފުރަތަމަ ފަހަރެވެ.
މިއާއި އެކު ދިއްލީގެ ސަރުކާރުން ވަނީ އެސިޓީގެސްކޫލްތައް ބަންދުކޮށް، އިމާރާތްކުރުން ހުއްޓާލައި، ޒަރޫރީ ނޫން ޓްރަކްތައް އެ ސިޓީއަށް އެތެރެވުން މަނާކޮށްފައެވެ.
އިންޑިއާގެ ޕޮލިއުޝަން ކޮންޓްރޯލް އޮތޯރިޓީން ބުނީ ނޭޝަނަލް ކެޕިޓަލް ޓެރިޓަރީގެ 24 ގަޑިއިރުގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ރީޑިން އަކީ 484 ކަމަށާއި އެއީ "ސީވިއާ ޕްލަސް" ގެ ގޮތުގައި ގިންތިކުރެވިފައިވާ ކަމަށާއި މިއީ މި އަހަރުގައި މިއަދަދު އެންމެ މަތިވި މިންވަރު ކަމަށެވެ.
ދުމާއި ފޮގް އެކުލެވޭ ވިހަ މިކްސްއެއް ކަމަށްވާ މި ސްމޯގް ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި އިންޑިއާގެ ވެރިރަށުގައި މައްޗަށްދަނީ ފިނި ވައިގެ ސަބަބުން ވަށައިގެންވާ ބައެއް ސްޓޭޓްތަކުގައި ގަވައިދާ ހިލާފަށް ދަނޑުތަކުގައި ރޯވާ އަލިފާނުގެ ސަބަބުން އުފެދޭ ދުމާއި، ޖައްވަށް ބޭރުވާ ވިހަ އަދި ދުމުގެ އަސަރު ކުރާތީ އެވެ.
ދިއްލީގެ ހުރިހާ ސްކޫލެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާއިރު، ވައިގެ ކޮލިޓީ "އިތުރަށް ދަށަށް ދިއުން" ހުއްޓުވަން މަސައްކަތް ކުރާ ކަމަށް ބުނެ އިމާރާތް ކުރުމުގެ ހަރަކާތްތަކާއި ވެހިކަލް ދުއްވުން މަނާކުރުން ވަނީ ހަރުކަށިކޮށްފަ އެވެ.
ގުޅުންހުރި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ
