logoEN
cocacola

ކޭވީސީ އާއި ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މިރޭ ސްޓެލްކޯ އާއި ކުޅިވަރު ވުޒާރާ ކުލަބު (ކޭވީސީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 16-17 ގެ ނަތީޖާއަކުން ސްޓެލްކޯ އިން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ސްޓެލްކޯ ކުޅުނު ފުރަތަމަ މެޗުގައި 20-09 ގެ ނަތީޖައަކުން އެމްއެންޔޫ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ފަހި ރެކްރިއޭޝަން ކުލަބު (އެފްއާރުސީ) އަތުން އެޓީމު މޮޅުވީ ފަސޭހަކަމާއެކު 24-04 ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ވައިއާރުސީ އަތުން މޮޅުވެފައި ވަނީ 02-31 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ކޭވީސީގެ ފުރަތަމަ މެޗުގައި 10-17 ގެ ނަތީޖާއަކުން އެމްއެންޔޫ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެފްއާރުސީ އަތުން އެޓީމު މޮޅުވީ 04-41 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި އެޓީމުން ވަނީ 34-06 ގެ ތަފާތުބޮޑު ނަތީޖާއަކުން ވައިއާރުސީ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 11-11 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ސްޓެލްކޯ އިން އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ކޭވީސީއަށް ކާމިޔާބުކުރެވުނީ ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާތުމަތު ތުހުފާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޓެލްކޯ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ކޭވީސީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވެސް ކުއާޓާގެ ފުރުސަތު ލިބިފައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައި ވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ