
ވައިއާރުސީ އަތުން އެމްއެންޔޫއަށް ފަސޭހަ މޮޅެއް
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް# އަންހެން ދެވަނަ ޑިވިޝަން# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024ވައިއާރުސީ އާއި އެމްއެންޔޫ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މޯލްޑިވްސް ނެޝަނަލް ޔުވާސިޓީ (އެމްއެންޔޫ) އާއި ޔޫތް ރެކްރިއޭޝަން ކުލަބު (ވައިއާރުސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 23-06 ގެ ނަތީޖާއަކުން އެމްއެންޔޫ ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އެމްއެންޔޫ ކުޅުނު ފުރަތަމަ މެޗުގައި 09-20 ގެ ނަތީޖާއަކުން ސްޓެލްކޯ އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ކޭވީސީ އަތުން ބަލިވީ 10-17 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 26-09 ގެ ނަތީޖާއަކުން ފަހި ރެކްރިއޭޝަން ކުލަބު (އެފްއާރުސީ) ބަލިކޮށްފައެވެ. އަދި ވައިއާރުސީގެ ފުރަތަމަ މެޗުގައި 08-10 ގެ ނަތީޖާއަކުން އެފްއާރުސީ އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ސްޓެލްކޯ އަތުން ބަލިވީ 02-31 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ކޭވީސީ އަތުން އެޓީމު ބަލިވީ 34-06 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެމްއެންޔޫ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ލަނޑުގެ ލީޑަކާއެކު 13-04 ގެ ނަތީޖާއަކުން އެމްއެންޔޫ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވައިއާރުސީއަށް ކާމިޔާބުކުރެވުނީ އެންމެ ދެލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ އާމިނަތު ޝަފާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 11 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން އެމްއެންޔޫއަށް ހަ ޕޮއިންޓްލިބިފައިވާއިރު، މިމެޗުން ބަލިވި ވައިއާރުސީ އިން މުބާރާތް ނިންމާލީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އޮމާނަށް ދިއުމައްޓަކައި މިއަދު ފުރައިފި
ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ބަލިކޮށް މާޒިޔާ އެކަޑަމީ އިން 12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް ކާމިޔާބުކޮށްފި

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެންޕިއަންޝިޕް 2025 ކުޅުދުއްފުށި ސިޓީގައި
