logoEN
cocacola
ޓީމު ޖުޑިޝަރީ ކަޓުވާލުމަށްފަހު ސީއެޗްޑީސީ  ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް

ޓީމު ޖުޑިޝަރީ ކަޓުވާލުމަށްފަހު ސީއެޗްޑީސީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

9/8/2024, 5:15:58 PM

# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# އަންހެން ދެވަނަ ޑިވިޝަން# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

ސީއެޗުޑީސީ އާއި ޓީމު ޖުޑިޝަރީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި މިރޭ ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (ސީއެޗްޑީސީ) އާއި ޓީމު ޖުޑިޝަރީ ވާދަކުރި މެޗު 21-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސީއެޗްޑީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ސީއެޗްޑީސީ ކުޅުނު ފުރަތަމަ 29-09 ގެ ނަތީޖާއަކުން އެޗްއެމްއެޗް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި މާލެ ސިޓީ ކައުންސިލް (އެމްސީސީ) އަތުން މޮޅުވީ 28-12 ގެ ނަތީޖާއަކުންނެވެ. އަދި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އެސްއެސްއާރު އަތުން މޮޅުވެފައި ވަނީ 23-08 ގެ ނަތީޖާއަކުންނެވެ. އަދި ޓީމު ޖުޑިޝަރީގެ ފުރަތަމަ މެޗުގައި އެޗްއެމްއެޗް އަތުން 18-08 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެމްސީސީ އަތުން މޮޅުވީ 10-14 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި 8-7 ގެ ނަތީޖާއަކުން އެސްއެސްއާރު އަތުން ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސީއެޗްޑީސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ލަނޑުގެ ލީޑަކާއެކު 10-05 ގެ ނަތީޖާއަކުން ސީއެޗްޑީސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓީމު ޖުޑިޝަރީއަށް ކާމިޔާބުކުރެވުނީ ހަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްޑީސީގެ ޒުލެއިޚާ އިބްރާހިމް އެވެ. އަދި އޭނާ ވަނީ މިމެޗުގައި އެޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސީއެޗްޑީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ޓީމު ޖުޑިޝަރީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ