
--
ޕްރޮސިކިއުޓަރުންގެ ކޮންފަރެންސް އަދި ރިޓްރީޓް "ޕްރޮސްކޮން 2024" ގެ މިއަހަރުގެ ކޮންފަރެންސް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

މިމަހުގެ 4 އިން 6 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްގެންދިޔަ ޕްރޮސްކޮން 2024 ގެ ތީމަކީ ވިކްޓިމް ސަޕޯޓް ދާއިރާ ހަރުދަނާ ކުރުމެވެ.
އެގޮތުން މި ކޮންފަރެންސްގައި ވިކްޓިމް ސަޕޯޓާ ގުޅުންހުރި ސެޝަންތަކާއި ގްރޫޕް އެކްޓިވިޓީތައް ކުރިއަށްގެންގޮސްފައިވެއެވެ. ސެޝަންތައް ނަންގަވައިދެއްވީ އެ އޮފީހުގެ ވިކްޓިމް ސަޕޯޓް ޔުނިޓުންނެވެ. މީގެ އިތުރުން ޕްރޮސިކިއުޓަރުންނަށް ޚާއްޞަ ދިވެހި ބަހުގެ ސެޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
"ޕްރޮސްކޮން 2024" ގައި މިއަހަރު ޕީޖީ އޮފީހުގެ 80 ޕްރޮސިކިއުޓަރުން ބައިވެރިވެފައިވެއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު، ޕްރޮސިކިއުޓަރުންގެ ކޮންފަރެންސް އަދި ރިޓްރީޓްއެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަހާސިންތާ މި ގޮތަށް ކުރިއަށްގެންދިޔަ މިއީ ދެވަނަ ފަހަރެވެ.