
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
# ޕްރޮސެކިއުޓަރ ޖެނެރަލް# ރައީސް އޮފީސް--
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މި މަގާމަށްއެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހާއި 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މަގާމަށް އެދި ހުށައަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިމިވަނީ ދާދި ފަހުން އެމަގާމުން ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. އެގޮތުން މަޖިލީހުން ޝަހީމް މަގާމުން ވަކިކުރުމުގެ އިރުކޮޅެއް ކުރިން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގެ މައުލޫމާތު މަޖިލީހަށް ލިބިފައި ނުވުމުން މަޖިލީހުގައި ނެގި ވޯޓު ކުރިޔަށް ގެންގޮސް ޝަމީމް ވަނީ މަގާމުން ދުރުކޮށްފައެެވެ.
ގުޅުންހުރި

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުސަތު ހުޅުވާލަނީ

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަނަށް ބަދަލުތަކެއް!

ދާވޫދު ރައީސް އޮފީހުން ސަސްޕެންޑުކޮށް އިޒްދިޔާން މަގާމުން ވަކިކޮށްފި
