
--
އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި މީގެ ކުރިންވެސް މައްސަލަ ގޯސްވެފައިވާ ޓްރައިބަލް ގްރޫޕުތަކުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި އާންމުންގެ މީހަކާއި އެކު ފަސް މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މަނިޕޫރޫ ހަމަނުޖެހުންތަކަކީ ހިންދޫންގެ ޓްރައިބަލް ގްރޫޮޕެއް ކަމަށްވާ މެއިތޭއީ އާއި ކްރިސްޓިއަނުންގެ ކުކީންއާއި ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތަކެކެވެ. މި ހަމަނުޖެހުންތަކަކީ މަނީޕޫރުގައި އިގްތިސާދީ މަންފާއާއި ސަރުކާރުގެ ވަޒީފާތަކާއި ތައުލީމީ ކޯޓާއާ ގުޅިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކެކެވެ. މި ހަމަނުޖެހުންތަކުގައި މީގެ ކުރިން އެތައް ބަޔަކު މަރުވެފައިވާއިރު މަނިޕޫރުގެ ހަމަނުޖެހުންތައް ފިނި ވެފައި އޮންނަތާ ދުވަސްކޮޅެއް ވަނީ ވެފައި އެވެ.
މިޔަންމާއާއި އިންޑިއާގެ ބޯޑަރުގައި އޮންނަ ޕަނިޕޫރުގެ ޖިރިބާމް ޑިސްޓްރިކްޓްގައި ހޮނިހިރު ހަމަލާތައް އަލުން ފެށުނު އިރު ޖިރިބާމްގެ ޑެޕިއުޓީ ކޮމިޝަނަރު ކްރިޝްނާ ކުމާރު ވިދާޅުވީ ހެނދުނުން ފެށިގެން ދެ މުޖުތަމައުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެދުގައި ކުރިމަތިލުންތައް ހިނގަމުންދާ ކަމަށެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިދާފައި އޮއްވާ އެކަކު ބަޑިޖަހައި މަރާލާފައިވާއިރު، "އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި" ހަތަރު "ހަތިޔާރު އެޅި މީހުން" ވަނީ މަރުވެފަ އެވެ.
3.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މަނިޕޫރު ސްޓޭޓަކީ 2023 ވަނަ އަހަރުގެ މެއި މަހު ނަސްލީ ހަމަނުޖެހުންތަކެއް ފެށުނު ފަހުން ސަރަހައްކަށް ބަހާލެވިފައިވާ ސްޓޭޓެކެވެ. އެގޮތުން އެއް ސަރަހައްދު ހިންދޫންގެ މެއިތޭއީ އިން ކޮންޓްރޯލް ކުރާއިރު އަނެއް ބައި ކޮންޓްރޯލް ކުރަނީ ކްރިސްޓިއަނުންގެ ކުކީންނެވެ. މެއިޓެއި އާއި ކުކީ ޤަބީލާތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ވަކިވެފައި ވަނީ ފެޑެރަލް ޕެރަމިލިޓަރީ ފޯސްއިން ބަލަހައްޓަމުން އަންނަ ނޯ މޭންސް ލޭންޑްގެ ސަރަހައްދަކުންނެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ސްޓޭޓް ސަރުކާރުން ވަނީ "ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" ހޮނިހިރު ދުވަހު ސްޓޭޓްގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް އަންގާފައެވެ.
ގުޅުންހުރި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ
