logoEN
cocacola

ސީވީސީ އާއި ޖީއާރުސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އޭގައި ޖޭސް ރެކްރިއޭޝަން ކުލަބު (ޖީއާރުސީ) އާއި ސިވިލް ކޯޓް (ސީވީސީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 12-04 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖީއާރުސީ އިން ގުރޫޕްގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ޖީއާރުސީ ކުޅުނު ފުރަތަމަ މެޗުގައި 10-21 ގެ ނަތީޖާއަކުން އެމްއޯއީ އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އެމްސީއެސް އަތުން އެޓީމު ބަލިވީ 21-17 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ތިންވަނަ މެޗުގައި އެޓީމުން ވަނީ 23-01 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްސީއެލްޕީ ބަލިކޮށްފައެވެ. އަދި ސީވީސީގެ ފުރަތަމަ މެޗުގައި 03-37 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްއޯއީ އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އެމްސީއެސް އަތުން ބަލިވީ 08-28 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ތިންވަނަ މެޗުގައި އެޓީމުން ވަނީ 9-3 ގެ ނަތީޖާއަކުން އެމްސީއެލްޕީ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ލަނޑުގެ ލީޑަކާއެކު 5-3 ގެ ނަތީޖާއަކުން ޖީއާރުސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީވީސީއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީއާރުސީގެ ޒުހާ ރަޝީދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ޖީއާރުސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވައިގައެވެ. އަދި މިމެޗުން ބަލިވި ސީވީސީ ކުޅުނު ހަތަރު މެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ހަތަރުވަނައިގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ