logoEN
cocacola
ރޮނާލްޑޯގެ 900 ވަނަ ލަނޑާއެކު ޕޯޗުގަލް އިން ކްރޮއޭޝިއާ ބަލިކޮށްފި

ރޮނާލްޑޯގެ 900 ވަނަ ލަނޑާއެކު ޕޯޗުގަލް އިން ކްރޮއޭޝިއާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

9/5/2024, 9:18:57 PM

# ކްރިސްޓިއާނޯ ރޮނާލްޑޯ# ބޭރު ދުނިޔޭގެ ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ ކްރޮއޭޝިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ޔުއެފާ ނެޝަނަލް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕޯޗުގަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިފެން ހަތް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑިއޭގޯ ޑަލަޓް އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕޯޗުގަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 900 ވަނަ ލަނޑެވެ. އަދި މިއީ ޕޯޗުގަލް ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 131 ވަނަ ލަނޑެވެ.

ކްރޮއޭޝިއާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑަކީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޕޯޗިގަލްގެ ޑިފެންޑަރު ޑަލަޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

ޔުއެފާ ނެޝަނަލް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާއިރު، އިތުރުވަގުތެ ތެރޭގައި ކާމިޔާބުކުރި ޕެނަލްޓީއާއެކު 3-2 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް އަތުން ޕޮލެންޑް މޮޅުވިއިރު، ޑެންމާކުން ވަނީ،ނުވަ ކުޅުންތެރިންނާއެކު ކުޅުނު ސްވިޒަލޭންޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިން އާއި ސާބިއާ ވާދަކުރި މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްޗަރުވެފައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ