logoEN
cocacola
މާލެ ސަރަހައްދުގެ އާރްޓީއެލް ބަހުގެ ހިދުމަތް ފަށާ ވަގުތު ފަތިހު 5:00 އަށް އަވަސްކުރަން ނިންމައިފި

މާލެ ސަރަހައްދުގެ އާރްޓީއެލް ބަހުގެ ހިދުމަތް ފަށާ ވަގުތު ފަތިހު 5:00 އަށް އަވަސްކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

9/5/2024, 3:45:04 PM

# އެމްޓީސީސީ

--

މާލެ ސަރަހައްދުގެ އެމްޓީސީސީން ދެމުން ގެންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކު, އާރްޓީއެލް ބަހުގެ ހިދުމަތް ފަށާ ވަގުތު އަވަސްކުރުމަށް އެމްޓީސީސީން ނިންމައިފި އެވެ.

ގޮސިޔާ

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސެޕްޓެމްބަރު 8 ވާ އާދިއްތަ ދުވަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދަށް ފޯރުކޮށްދެމުން ގެންދާ އާރްޓީއެލްގެ ބަހުގެ ހިދުމަތް ހެނދުނު 6:00 ގެ ބަދަލުގައި 5:00 އަށް އަވަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަވަސް ކުރަން ނިންމާފައިވަނީ އާރް 1، އާރް 2، އާރް 6، އާރް 7، އާރް 8، އާރް 10، އާރް 11، އާރް 12 ރޫޓުތަކުގެ ދަތުރުތަކެވެ.

އެމްޓީސީސީން ބުނީ މި ނިންމުމަކީ ކަސްޓަމަރުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަށް ރިއާޔަތްކޮށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެމްޓީސީސީ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ