logoEN
cocacola
އެމްޓީސީސީގެ އެމްޑީ ކަމުން ޒިޔާދު ވަކިކޮށް އައު އެމްޑީއަކުން ކުރީގެ ޑީސީޕީ ސައުދީ!

އެމްޓީސީސީގެ އެމްޑީ ކަމުން ޒިޔާދު ވަކިކޮށް އައު އެމްޑީއަކުން ކުރީގެ ޑީސީޕީ ސައުދީ!

އަހުމަދު ޝުރާއު

logo

8/21/2024, 3:37:59 PM

# އެމްޓީސީސީ

ސައުދީ

އެމްޓީސީސީގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު އެމަގާމުން ވަކިކޮށްފި އެވެ.

ގޮސިޔާ

މިކަން ހާމަކުރީ މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ނެރުނު އިއުލާނެއްގައި އެވެ. އެގޮތުން ޕީސީބީއިން ނެރުނު އިއުލާނުގައި ބުނީ އެމްޓީސީސީގެ އެމްޑީ ކަމުން މުހައްމަދު ޒިޔާދު ވަކިކޮށް އައު އެމްޑީއަކަށް އަހްމަދު ސައުދީ މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

މި ބަދަލު ގެނައި ސަބަބެއް އަދި މިހާތަނަށް ޕީސީބީއިންނާއި ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ޒިޔާދުގެ ބަދަލުގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެމްޓީސީސީގެ އައު އެމްޑީއަކަށް އައްޔަނުކުރި ސައުދީއަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމު ފުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ސައުދީ ވަނީ މީގެ ކުރިން ޔޫތު މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައެވެ.

އެމްޓީސީސީގެ އިތުރުން އިތުރު ދެ ކުންފުންޏެއްގެ ބޯޑަށްވެސް ޕީސީބީއިން މިއަދު ވަނީ ބަދަލުގެނެސްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ