logoEN
cocacola
މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

8/22/2024, 9:24:24 AM

# ފ. މަގޫދޫ# އެމްޓީސީސީ

--

ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން މިއަދު ބުނެފި އެބެ.

ގޮސިޔާ

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ މި މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރުވަނީ ސައިޓަށް ގެންދެވިފައިކަން ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީން ބުނީ މިއަދު މި މަޝްރޫއުގެ ދަށުން ކުރިޔަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ރަށަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކުމާއި، އެއަރޕޯރޓަށް ބޭނުންވާ 30.8 ހެކްޓަރުގެ ބިން ހިއްކުމާއި، 1948 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 1665 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 232.26 މިލިއަން ރުފިޔާއަށް ސަރުކާރުން އެކުންފުންޏާއި ހަވާލުކުރި މަޝްރޫއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ