logoEN
cocacola
މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

8/11/2024, 11:28:27 AM

# އެމްޓީސީސީ# މޯލްޑިވިއަން

--

ނ. މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު މޯލްޑިވިއަންއިން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ގޮސިޔާ

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް ޢަބްދުالله ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް އިބްރާހިމް އިޔާސްއެވެ.

މި މަޝްރޫޢުގެ ދަށުން, މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއި 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް ވެއަރިންގް ކޯސްއެއް އެޅުމާއި 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން, އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 29.85 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމުމަށެވެ.

1,250 މީހުންގެ އާބާދީއެއް އޮންނަ މާފަރު ރައްޔިތުން ޢާއްމުގޮތެއްގައި އާމްދަނީ ހޯދަން ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތެވ.ެ.އަދި މީގެ އިތުރުނ،ް މާފަރު އެއަރޕޯރޓްގައިވެސް ގިނަ ޢަދަދެއްގެ ރަށު ރައްޔިތުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން, މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ޒަމާނިވެ ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި, އެމްޓީސީސީއިން ކުރިއަށްގެންދާ މާފަރު އެކްސްޕޭންޝަން މަޝްރޫޢު ނިމިގެން ދިޔުމުން, މި އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ފުޅާވެ, ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދާނެ ކަމަށާއި ޕްރައިވެޓް ޖެޓްތައް ޕާރކް ކުރާނޭ އިތުރު ޖާގަ ލިބުމާއެކު, ޕްރައިވެޓް ޖެޓްތައް މާފަރު އެއަރޕޯޓްގައި ޖައްސާ ޢަދަދުވެސް ގިނަވެގެން ދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިއާއެކު,ފަތުރުވެރިން މި ސަރަހައްދަށް އަންނަ އަދަދު މަތިވެ, އެއަރޕޯޓަށް ޖެޓް ޕާކިންގއިން ލިބޭ އާމްދަނީ ބޮޑުވެގެންދާނެއެވެ. މިއީ ހަމަގައިމުވެސް ނޫނު އަތޮޅާއި އަދި މާފަރުގެ އިޤްތިސާދީ ތަރައްޤީއަށް ކުރިއެރުންތަކެއް އަންނާނޭ މަޝްރޫޢުތަކެއްކަމުގައި އެ ކުންފުނިން ދެކޭކަމަށްވެސް ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ