logoEN
cocacola
ޔަހޫދީން ޣައްޒާގެ ސްކޫލެއް ކައިރިއަށް ބޮން އަޅައި ތިން މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީން ޣައްޒާގެ ސްކޫލެއް ކައިރިއަށް ބޮން އަޅައި ތިން މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

9/5/2024, 9:39:17 AM

# ޣައްޒާ

ޔަހޫދީ އިޒްރޭލުގެ ސިިފައިން ޣައްޒާގެ ސްކޫލެއް ކައިރިއަށް ބޮން އަޅައި ތިން މީހަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާ ސިޓީގައި އިޒްރޭލުން މީގެ ގަޑިއިރެއްހާ ކުދިން ދިން ނުރައްކާތެރި ވައިގެ ހަމަލާއަކީ ޒައިތޫން އަވަށުގެ ސްކޫލެއް ކައިރީގައި ތިބި ބަޔަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެކެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީ އާއި އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓު ގޮތުގައި ވައިގެ ހަމަލާގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވި އެވެ.

ވަފާ އިން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާގައި ޝަހީދުވި މީހުންނާއި ޒަހަމްވި އެތައް ބަޔަކު މިހާރު ވަނީ ޣައްޒާ ސިޓީގެ އަލްއަހްލީ އަރަބް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ޔަހޫދީން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 40,800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ