logoEN
cocacola
ވެމްކޯއިން  ކޮމާޝަލް ކަލެކްޝަން ރެޖިސްޓްރޭޝަން ޑްރައިވް ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ވެމްކޯއިން ކޮމާޝަލް ކަލެކްޝަން ރެޖިސްޓްރޭޝަން ޑްރައިވް ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

9/5/2024, 9:03:35 AM

# ވެމްކޯ

--

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އިން ވިޔަފާރިތަށް އެކުންފުނީގެ ހިދުމަތްތަކުގައި ރަޖިސްޓްރީކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

ގޮސިޔާ

ކޮމާޝަލް ކަލެކްޝަން ރެޖިސްޓްރޭޝަން ޑްރައިވްގެ ނަމުގައި އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލު އަދި ސީނިއާ މެނޭޖްމަންޓުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިޑްރައިވްގައި، ގެސްޓްހައުސް، ރެސްޓޯރަންޓު އަދި އާންމު ކުދި ވިޔަފާރި ކުރައްވާ ފަރާތްތަކަށް ޒިޔާރަތް ކުރައްވާ ރަޖިސްޓްރޭޝަންގެ އިތުރުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމަށް ވެމްކޯއިން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މާކެޓް ސާވޭއެއްވެސް ވަނީ ފަށާފައި އެވެ.

އިއްޔެގެ މި ހަރަކާތުގައި އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ގެސްޓްހައުސް، ރެސްޓޯރަންޓު އަދި އާންމު ކުދި ވިޔަފާރި ކުރައްވާ ފަރާތްތަކަށް ޒިޔާރަތް ކޮށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކޮށްފައެވެ.

ވެމްކޯއިން ވަނީ މިހަރަކާތް އެކުންފުނީގެ ހިދުމަތްތައް މިހާރު ދެމުން އަންނަ ރަށްތަކުގައި ކައިރި މުސްތަގްބަލެއްގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައި އެވެ.

ވެމްކޯގެ މާލެ ސަރަހައްދުގެ އިތުރުން ކުނި ނެގުމުގެ ހިދުމަތް ދެމުން އަންނަނީ ކުޅުދުއްފުށީ ސިޓީ, ކ މާފުށި, ތިނަދޫ ސިޓީ, ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ