![ވެމްކޯއިން ސަރަހައްދީ ސިޓީތަކާއި ރަށްރަށުން ނަގާ ގޭޓްފީ ކުޑަކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2Fbig_ZOhFziycNZgNJISVgkR5saCkn.jpg&w=3840&q=75)
--
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން އެކުންފުނީގެ ހިދުމަތްތައް ދެމުން އަންނަ މާލެ ނޫން އެހެނިހެން ސިޓީތަކާއި ރަށްރަށުގެ ކުނި އުކާލާ އަމިއްލަ އުޅަނދުތަކުން ނަގާ ގޭޓް ފީ ކުޑަކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ބުނީ އެ ކޯޕަރޭޝަނުން ރާއްޖޭގެ ސަރަޙައްދީ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ގޭޓުފީއަށް މިއަދުން ފެށިގެން މުހިންމު ބަދަލެއް ގެނެސްފައިވާކަމަށެވެ.
އެގޮތުން، އަމިއްލަ ފަރާތްތަކުން ގޭޓުފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގު ވަނީ ކުނި އުފުލާ އުޅަނދުގެ ރަޖިސްޓަރީކުރެވިފައިވާ ބަރުދަނަށް ބަލައި، ޓަނަކަށް 212 ރުފިޔާއިން ޓަނަކަށް 106 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މިބަދަލު ގެނައި އިރު ވެމްކޯ އިން މީގެކުރިން ވަނީ މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ގޭޓްފީވެސް ކުޑަކޮށްފައެވެ.
ކުނި އުކާލުމަށް ވެމްކޯއިން ނަގަމުން އަންނަ އަގުތައް ކުޑަކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ވެމްކޯގެ ހިދުމަތްތައް މިހާރު ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ދެމުންދާއިރު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ރަށްތަކުގައިވެސް ވަނީ ކުނިމެނޭޖް ކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށާފައި އެވެ.
ގުޅުންހުރި
![ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯ ގުޅިގެން ނުކުންނަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2Fm1wuq8qPBtGK8vTrUWvmb-IMG_5452%20(1).webp&w=3840&q=75)
ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯ ގުޅިގެން ނުކުންނަނީ
![ސަފާރީތަކުން އުފެދޭ ކުނި އުކަން ފެށުމުގެ ޚިދުމަތް ތައާރަފްކުރުމުގެ މަޝްވަރާތައް ވެމްކޯއިން ފަށައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FGh9sthtboAA63C5.jpeg&w=3840&q=75)
ސަފާރީތަކުން އުފެދޭ ކުނި އުކަން ފެށުމުގެ ޚިދުމަތް ތައާރަފްކުރުމުގެ މަޝްވަރާތައް ވެމްކޯއިން ފަށައިފި
![ދިއްފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ވެމްކޯއިން ހަވާލުވަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FGhz_f41bUAAUEY7.jpeg&w=3840&q=75)
ދިއްފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ވެމްކޯއިން ހަވާލުވަނީ
![ތިނަދޫ ސިޓީގެ ސްކޫލުތަކުގައި ކުނި ވަކިކުރުމާ ބެހޭގޮތުން ވެމްކޯއިން މަޝްވަރާކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FGhLDGWhbYAEbScq.jpeg&w=3840&q=75)