
ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސް ޚާއްސަ އިސްކަމެއްދެއްވާ - އާދަމް ނަސީރު
# އާދަމް ނަސީރު އިބްރާހިމް--
ދިވެހީން ތިބީ ދިވެހީންގެ ވާހަކަ ދައްކަވާނެ ވެރިއެއްގެ އިންތިޒާރުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އެފަދަ ބޭފުޅެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާޙް ކޮށްދެއްވާފައެވެ.
އަދި އެމަނިކުފާނު ވަނީ ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެ ޝަރަފު އަރުއްވާފައެވެ.
ގުޅުންހުރި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރަކަށް އައްޔަންކުރި އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވައިފި

މިނިވަން 60 ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވުނު ފަރުމާވެރިޔާއަށް އިނާމު ހަވާލުކޮށްފި

ސަރުކާރުން ބާރު އަޅަނީ ދިވެހި އިސްލާމީ އިންތަކުގެ ތެރެއިން ޢީދު ފާހަގަކުރެއްވުމަށް - އާދަމް ނަސީރު




