logoEN
cocacola
މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލަކަށް އަޝްފާގު!

މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލަކަށް އަޝްފާގު!

އަހުމަދު ޝުރާއު

logo

9/3/2024, 7:40:00 AM

# ރައްޔިތުންގެ މަޖިލިސް# މުރައިދޫގެ

ފޮޓޯ: އަލީ އަޝްފާގް ރަސްމީ ފޭސްބުކް ޕޭޖު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އައްޔަން ކުރައްވައިފިއެވެ.

ގޮސިޔާ

މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަޝްފާގް ހަމަޖައްސާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ. މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މަޝްހޫރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ ޖުލައި 28 ވަނަ ދުވަހުގައެވެ.

އަޝްފާގް މުރައިދޫގޭގެ ޑީޖީއަކަށް އައްޔަނުކުރި އިރު އަޝްފާގް އާއި އަބްދުއްރަހީމްގެ ދަރިކަލުން އަދި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަކީ ގާތް ގުޅުމެއް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ މަސައްކަތް ނިމި އެތަން ބޭނުން ކުރަން ފެށެންވާއިރަށް އެތަނަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން ބައެއް މަޤާމުތަކަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން 1 މަޤާމުގެ ނަން ބަދަލުކޮށް 4 މަޤާމު އުވާލައި އެމަޤާމުތަކުގެ ބަދަލުގައި އެހެން 4 މަޤާމެއް ވަނީ އުފައްދާފައެވެ.

މުރައިދޫގެ އަކީ ގާނޫނުން، މަޖިލީހުގެ ރައީސްއަށް ހާއްސަކޮށް ގެކޮޅެއް ހުންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ މަޖިލިސް ރައީސް ހުންނެވުމަށް ހަމަޖެއްސި ރަސްމީ ގެކޮޅެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ރަސްމީ ދެކޮޅު ހަމަޖައްސަން ގާނޫނުގައި ހިމަނާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ