
އާސަންދަ ބަލިކޮށް ސީބީއެމް ކުއާޓާގެ އުންމީދު އައުކޮށްފި
# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# އަންހެން ދެވަނަ ޑިވިޝަންސީބީއެމް އާއި އާސަންދަ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ބީގައި މިރޭ ކޮމާޝަލް ބެންކް އޮފް މޯލްޑިވްސް (ސީބީއެމް) އާއި އާދަސަންދަ ވާދަކުރި މެޗު 08-22 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސީބީއެމް ކުއާޓާގެ އުންމީދު އައުކޮށްފިއެވެ.

މުބާރާތުގައި އާސަންދަ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ބީއެމްއެލް އަތުން 11-15 ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ޕެމާ އަތުން އެޓީމު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 08-10 ގެ ނަތީޖާއަކުންނެވެ. އަދި މުބާރާތުގައި ސީބީއެމްގެ ކުޅުނު ފުރަތަމަ މެޗުގައި އެމްއެންޑީއެފް އަތުން 09-22 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، މިއީ އެޓީމުގެ ދެވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސީބީއެމް މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 10 ޕޮއިންޓްގެ ލީޑަކާއެކު 13-03 ގެ ތަފާތުބޮޑު ނަތީޖާއަކުން ސީބީއެމް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އާސަންދަ އިން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެމްގެ އައިޝަތު ޒަނާ ޖިނާހު އަބްދުލް ހަންނާނު އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
