logoEN
cocacola
ތަފާތުބޮޑު ނަތީޖާއަކުން ފިނޭންސް ބަލިކޮށް ލީގު ބުރުގެ އެއްވަނަ އިމިގްރޭޝަނުން ކަށަވަރުކޮށްފި

ތަފާތުބޮޑު ނަތީޖާއަކުން ފިނޭންސް ބަލިކޮށް ލީގު ބުރުގެ އެއްވަނަ އިމިގްރޭޝަނުން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

9/2/2024, 10:49:51 AM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024

އިމިގްރޭޝަން އާއި ފިނޭންސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ:ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން މިއަދު ހަވީރު މިނިސްޓްރީ އޮފް ފިނޭންސް އާއި އިމިގްރޭޝަން ވާދަކުރި މެޗު ފަސޭހަކަމާއެކު 19-43 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަނަ އިމިގްރޭޝަނުން ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގެ ލީގު ބުރުގައި އިމިގްރޭޝަން އިން، ވެމްކޯ، ކަސްޓަމް ރެކްރިއޭޝަން ކުލަބު (ސީއާރުސީ) އަދި އެމްޕީއެލް އާއި ދެކޮޅަށް ކުޅުނު ތިން މެޗުން އެޓީމު މޮޅުވެފައިވާއިރު، ފީނޭންސްގެ ފުރަތަމަ މެޗުގައި އެމްޑަބުލިޔުއެސްސީ އަތުން އެޓީމު މޮޅުވި ނަމަވެސް، ސީއާރުސީ އަދި ވެމްކޯއާއި ދެކޮޅަށް ކުޅުނު ދެމެޗުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗު ފެށުމުގެ ކުރިންވެސް އިމިގްރޭޝަނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 15 ޕޮއިންޓްގެ ލީޑަކާއެކު 23-08 ގެ ތަފާތުބޮޑު ނަތީޖާއަކުން އިމިގްރޭޝަން ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 20 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިނޭންސްއަށް ކާމިޔާބުކުރެވުނީ 11 ލަނޑެވެ.

އެގޮތުން މިމެޗުގައި އިމިގްރޭޝަންގެ އާމިނަތު އިސްރާއު 13 ލަނޑު ކާމިޔާބުކުރިއިރު، ފާތުމަތު އަރުޝާ ވަނީ 10 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ފާތުމަތު ރިޝްމާ އަދި ފާތުމަތު ޝިފާ މިއިން ކޮންމެ ކުޅުންތެރިއަކު އަށް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ރީމާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ފިނޭންސްގެ އައިމިނަތު ޝޫޒާ 12 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ނަހީން އަހުމަދު ހަތަރު ލަނޑު އަދި ނަގްމާ އަބްދުލް ކަރީމް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރިޒްނާ އަލީ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އާމިނަތު އިސްރާއު އެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނަ އިމިގްރޭޝަނުން ހޯދިއިރު، މިމެޗުން ބަލިވި ފިނޭންސް ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ