
އެމްޑީއެލްސީއެޗް ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސީއާރުސީ ކުއާޓާ ފައިނަލަށް
# ހޭންޑްބޯލް މޯލްޑިވްސް# ފިރިހެން ދެވަނަ ޑިވިޝަން# ދިވެހި ކުޅިވަރުއެމްޑީއެލްސީއެޗް އާއި ޑީއާރުސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް (އެމްޑީއެލްސީއެޗް) އާއި ކަސްޓަމް ރެކްރިއޭޝަން ކުލަބު (ސީއާރުސީ) ވާދަކުރި މެޗު 10-19 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސީއާރުސީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ސީއާރުސީ ކުޅުނު ފުރަތަމަ މެޗުގައި އިމިގްރޭޝަން އަތުން އެޓީމު ބަލިވި ނަމަވެސް ދެވަނަ މެޗުގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަތުން އެޓީމު ވަނީ މޮޅުވެފައެވެ. އަދި އެމްޑީއެލްސީއެޗްގެ ފުރަތަމަ ދެމެޗުގައި ސީބީއެމް އަދި އިމިގްރޭޝަން އަތުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިޔެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 6-9 ގެ ނަތީޖާއަކުން ޑީއާރުސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ސީއާރުސީ އިން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްޑީއެލްސީއެޗްއަށް ކާމިޔާބުކުރެވުނީ ހަތަރު ލަނޑެވެ.
އެގޮތުން މިމެޗުގައި ސީއާރުސީގެ ސަލާމް އަހުމަދު 10 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހުސެއިން ހަލީމް ހަ ލަނޑު އަދި ފަތުހުﷲ އާދަމް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެމްޑީއެލްސީއެޗްގެ އަހުމަދު ނާފިއު ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިބްރާހިމް ރަޝީދު އަދި އަމްޖަދު މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއާރުސީގެ ސަލާމް އަހުމަދު އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ޑީއާރުސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި، އެމްޑީއެލްސީއެޗް ކުޅުނު ތިން މެޗުން ވެސް ބަލިވެ އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕް ފުލުގައި އޮވެއެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމުވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އޮމާނަށް ދިއުމައްޓަކައި މިއަދު ފުރައިފި
ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ބަލިކޮށް މާޒިޔާ އެކަޑަމީ އިން 12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް ކާމިޔާބުކޮށްފި

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެންޕިއަންޝިޕް 2025 ކުޅުދުއްފުށި ސިޓީގައި
