logoEN
cocacola
މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށް ދާތީ - މިފްކޯ

މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށް ދާތީ - މިފްކޯ

އަލްފާ އަލީ

logo

9/2/2024, 9:40:01 AM

# މިފްކޯ

-

މިފްކޯ އިން މަސްގަންނަ އަގަށް ބަދަލެއް ގެނެސްފައި ނުވަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށްދާތީ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ގޮސިޔާ

މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަންވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީނަމަވެސް، މިފްކޯއިން ވަނީ އަގު ހިފެހެއްޓުމަށް މަސައްކަތްކޮށްފައި ކަމަށް މިފްކޯ އިން ބުނެއެވެ.

މިފްކޯ އިން ބުނީ, އެ ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު މަސްވެރިންގެ އަތުން ރަނގަޅުއަގުގައި ކޮލެޓީ މަސް ގަތުމަށް ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާއިރު، ކަމާ ގުޅޭ ފަރާތްތަކާއެކު އެކަމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42 އިންސައްތަ ވަނީ ދަށްވެފައެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މީގެ ކުރިންވެސް އެވްރެޖުކޮށް 16ރުފިޔާގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާއި ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ. އަދި މިހާރު ވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާކަމަށް މިފްކޯ އިން ބުނެއެވެ.

މަސްވެރީންގެ ހައްގުގައި މިހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާއި ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމުގައި މިފްކޯއިން ބުނެއެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމުގައި އެކުންފުނިން ބުނެއެވެ.

މަސްވެރީން އަތުން މަސް ގަތުމަށްފަހު ކިލޯއަކަށް އެވްރެޖުކޮށް 9 ރުފިޔާ ހަރަދުގެ ގޮތުގައި ހިިނގާއިރު، ބޭރުގެ އަގަށް ނުބަލައި ކުރިއަށްދާން ވެއްޖެނަމަ އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާ އެކުންފުނިން ކުރިމަތިލާން ޖެހޭނަކަންވެސް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުން ކަމަށް މިފްކޯ އިން ބުނެފައިވެއެވެ.

އަމިއްލަ ބައެއް ފެކްޓަރީތަކުން އެފަރާތްތަކުގެ ޕްރޮސެސެސިންގ އަށް ބޭނުންވާ މިންވަރުގެ އަދަދަކުން މިފްކޯއަށްވުރެ ބޮޑު ރޭޓެއްގައި މިދަނޑިވަޅުގައި މަސްވެރީން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ މަހުގެ 80 އިން ސައްތަ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެކެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރޯ މަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށް ވާއިރު، އަހަރު ނިމެން 3 މަހަށް ވެފައި އޮތްއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަހެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރިކޯޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެއެވެ.

މިއަހަރުގެ މި ހާލަތުގެ ސަބަބުން މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އޭގެ ތެރޭގައި ތެލާއި, އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި، ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ. މީގެ އިތުރުން މިފްކޯ އެފިޝެންސީ އެކްސަސައިޒްގެ ތެރެެއިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް އެކުންފުނިން އަޅަމުން އަންނަނީ މަސްވެރި އާއިލާއަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ