
--
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ ތެޔޮ މަސް ކޭހެއް ދޭން މިފްކޯއިން ނިންމައިފި އެވެ.

ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.
މިކަމާއި ގުޅޭގޮތުން މިއަދު މިފްކޯ އިން ބުނީ މި މަސް ދަޅު ކޭސްތައް މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށެވެ. އެކުންފުނިން ބުނީ ކޮންމެ ރަމަޟާން މަހަކަށް ގާތްގަނޑަކަށް ލައްކައަކާ ކައިރިކުރާ އަދަދެއްގެ މަސްދަޅު އެކުންފުނިން އުފައްދާ ކަމަށެވެ.
ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދޭން ނިންމުމާއި ގުޅިގެން ލޯކަލް ބާޒާރަށް އިތުރަށް މަސްދަޅު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވަޑައިގެން އެމަނިކުފާނުގެ ވެރިކަމުގައި އައި އެންމެ ފުރަތަމަ ރޯދަ މަސް ކަމަށްވާ މިދިޔަ އަހަރުގެ ރޯދަމަހުވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާ ވަނީ ދީފައި އެވެ.
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
