
--
މިއަހަރުގެ ފުރަތަމަ ދުވަހު ގައުމީ މަސް ކުންފުނި, މިފްކޯއަށް 70 އަށްވުރެ ގިނަ ދޯނިން މަސްކިރުވައިފި އެވެ.

މިފްކޯއަށް އިއްޔެ ކިރުވި މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު އިއްޔެ އެކަނިވެސް މިފްކޯއަށް 311 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައި އެވެ. އެއީ ޖުމުލަ 79 ދޯނިން ކިރުވި މަހެވެ.
އޭގެ ތެރެއިން އެންމެ ގިނައިން ދޯނިތަކުން މަސްކިރުވީ މިފްކޯގެ ބޯޓުތަކަށެވެ. މިފްކޯގެ ބޯޓުތަކައް އިއްޔެ 221.13 މެޓްރިކް ޓަނުގެ މަސްކިރުވާފައިވާއިރު ދެވަނައަށް އެންމެ ގިނައިން މަސްކިރާފައިވަނީ ހުވަދު އަތޮޅުގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 09.04 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު ފެލިވަރަށް އިއްޔެ އެއްވެސް ވަރަކަށް މަސްކިރާފައެއް ނުވެއެވެ.
މިފްކޯގެ ތަަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ އެންމެ ގިނައިން މަސްކިރާފައިވަނީ ގދ އަތޮޅުގެ ދޯނިތަކުންނެވެ. އެގޮތުން ގދ އަތޮޅުގެ 22 ދޯންޏަކުން 92.6 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު ގއ އަތޮޅުގެ 20 ދޯންޏަކުން 80 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައި އެވެ. ޏ އަތޮޅުގެ 14 ދޯންޏަކުން 26 މެޓްރިކް ޓަން ކިރާފައިވާއިރު ސ އަތޮޅުގެ 4 ދޯންޏަކުން ކިރާފައިވަނީ 9.4 މެޓްރިކް ޓަނުގެ މަހެވެ.
ޅ އަތޮޅުގެ 15 ދޯންޏަކުން އިއްޔެ 58 މެޓްރިކްޓަނުގެ މަސް ކިރުވި އިރު ދ އަތޮޅުގެ 4 ދޯންޏަކުން އިއްޔެ 43 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައި އެވެ.
ރާއްޖެއަށް މަސްވެރިކަން ރަނގަޅު ވަމުން އަންނަ ނަމަވެސް މި ދުވަސްވަރު ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވަމުންދާތީ މަސްވެރިކަމަށް ނުކުންނަ އުޅަނދުތައް މަދުވުން އެކަށީގެންވެއެވެ.
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
