
--
ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ގޯތިތަކުގެ ތެރެއިން އިތުރު 23 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ 29 އޮގަސްޓް 2023 ވީ ބުރާސްފަތި ދުވަހު 13 ގޯއްޗެއް ވެރިފަރާތްތަކާ ހަވާލުކުރެވުނު އިރު، 01 ސެޕްޓެމްބަރ 2023 ވީ އާދިއްތަ ދުވަހުގައި އިތުރު 10 ގޯތި ވަނީ ހަވާލުކުރެވިފައިވާ ކަމަށެވެ. މިއާއެކު، މިހާތަނަށް ޖުމުލަ 648 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުކުރެވިފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމުލަ 1408 ގޯތި ދޫކުރެވިފައިވާއިރު، އަދިވެސް 761 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުނުކުރެވިއެވެ. ވުޒާރާއިން ބުނާ ގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ސާފުކޮށް މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން، ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި ސްކީމްގެ ދަށުން ގުޅީފަޅާއި، ގިރާވަރުފަޅުން ލިބިފައިވާ ގޯތިތައް ހަވާލުކުރުމަށްޓަކައި ލޭންޑްޔޫސް ޕުލޭން ރިވިއުކޮށް ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ގުޅުންހުރި

ހިޔާވެހި ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

ފްލެޓު ލިސްޓު އާންމުކޮށްފި
