logoEN
Sto top
ހިޔާވެހި ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހިޔާވެހި ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

3/18/2025, 8:46:51 AM

# ހައުސިންގ މިނިސްޓްރީ

--

ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

Wamco

ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުޅުވާލި ތިން ފައިނޭންސިންގ ފެސިލިޓީއަކަށް އެދުމަށްޓަކައި "ހިޔާވެހި ޕޯޓަލް" (hiyaavehi.housing.gov.mv) މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ މުއްދަތު 2025 އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމަކީ ތާރީހުގައި އެންމެ ހެޔޮއަގުގައި ގެދޮރުވެރި ކަމަށް ދޫކުރެވޭ ލޯނެވެ. އެގޮތުން ހިޔާވެހި ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ؛

ރަށްވެހި: މިއީ އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދޫކުރާ ލޯނެވެ. މި ސްކީމަށް އިކުއިޓީއެއް ބަހަައްޓާކަށް ނުޖެހެ އެވެ. ގިނަވެގެން އެއް މިލިއަން ރުފިޔާ ދޫކުރާއިރު، 25 އަހަރު ދުވަހަށް ބަހާލައިގެން އަދާކުރުމުގެ ފުރުސަތު ލިބެ އެވެ.

ސަހަރު: މިއީ އާބަން ޑެވޮލަޕްމަންޓް ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރާ ސަރަހައްދުތަކުގައި ގެދޮރު އެޅުމަށް ދޫކުރެވޭ ލޯނެވެ. ސްކީމަށް 5-10 އިންސައްތަ އާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހެ އެވެ. އެންމެ ގިނަވެގެން ތިން މިލިއަން ރުފިޔާ ލިބޭއިރު، 25 އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބެ އެވެ.

ފަހިމާލެ: މިއީ ފުރަމާލޭގައި ގެދޮރު އެޅުމަށް ދޫކުރެވޭ ލޯނެވެ. މި ސްކީމަށް 5-10 އިންސައްތަ އާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހެ އެވެ. ގިނަވެގެން ހަ މިލިއަން ދޫކުރާއިރު، 25 އަހަރު ދުވަހަށް ބަހާލައިގެން އަދާކުރުމުގެ ފުރުސަތު ލިބެ އެވެ.

ހިޔާވެހި ޕޯޓަލްއަށް ލޮގިން ކުރެވޭނީ އީފާސް މެދުވެރިކޮށެވެ. އެއަށްފަހު ޖެހޭނީ އެ ފަރާތެއްގެ ހައުސިން ޕްރޮފައިލް ފުރިހަމަ ކުރާށެވެ. ހައުސިން ޕްރޮފައިލް ފުރިހަމަވެ، ވެރިފައިވުމުން ހައުސިން ސްކީމް ނުވަތަ ލޯނު ސްކީމުތަކަށް ޝަރަތު ހަމަވާ ސްކީމުތައް ފެންނާނެ އެވެ. އަދި ޝަރުތު ހަމަވާ ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside