
ހުއްދަ ހޯދާފައިނުވުމުން ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލުކުރަުން ތިނަދޫ ސިޓީ ކައުންސިލަށް އަންގައިިފި
# ހައުސިންގ މިނިސްޓްރީ--
ހައުސިންގެ މިނިސްޓްރީގެ ހުއްދަ ހޯދާފައިނުވުމުން ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލުކުރަން ތިނަދޫ ސިޓީ ކައުންސިލަށް އަންގައިިފި އެވެ.

މިކަން ތިނަދޫ ސިޓީ ކައުންސިލަށް އަންގާފައިވަނީ މިއަދު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އެސިޓީގެ މޭޔަރު ސައުދު އަލީއަށް ފޮނުއްވި ސިޓީއެއްގައި އެވެ. އެގޮތުން އެސިޓީގެ ކޮޕީއެއް ގާފު ނޫހަށް ވަނީ ލިބިފައި އެވެ.
އެގޮތުްން އެވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި މޭޔަރު ސައުދުއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސަރުކާރުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމާއި އެތަންތަން އެކިފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ މެންޑޭޓުގައި ވަނީ ހިމަނާފައިވާ ކަމަށާއި މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމރާތްތކުރެވޭ ހައުސިންގް ޔުނިޓްތައް ހަވާލުކުރެވެމުން ދަނީ އެމިނިސްޓްރީއިން އެންޑޯޒްކޮށް ހުއްދަދެވޭ އުސޫލަކާއި އެއްގޮތަށް ކަމަށެވެ.
ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްތަކަކީ އެމިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުންދާ ޔުނިޓްތަކެއް ކަމަށްވެފައި އަދި މި ޔުނިޓްތައް ދޫކުރުމަށް އިއުލާނުކުރުމުގެ ކުރިން ހައުސިން ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަންގެ މަރުހަލާ ކުރިޔަށް ގެންދަންވާނީ އެމިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށެވެ. ނަމަވެސް ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެއީ މިނިސްޓްރީގެ ހުައްދަނެތި ކުރި އިއުލާނެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
މިއާއި އެކު ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ކައުންސިލުން ކުރި އިއުލާން ބާތިލްކުރުމަށް އެވުޒާރާއިން މިއަދު ވަނީ ސިޓީ ކައުންސިލަށް އަންގާފައި އެވެ.
އަދި އެ ހައުސިންގ ޔުނިޓުތައް ލިބޭފަރާތްތައް ހޯދުމަށް އިއުލާންކުރުމަށް ބޭނުންވާ އުސޫލް އެންޑޯސްކުރުމަށް އެވުޒާރާއަށް ފޮނުވުމަށާއި އެވުޒާރާގެ އިރުޝާދުގެ ދަށުން ހައުސިން ޔުނިޓްތައް ހަވާލުކުރުމާއި ގުޅޭ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ސިޓީ ކައުންސިލަށް ވަނީ އަންގާފައި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން 200 ހައުސިންގ ޔުނިޓަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ.
ގުޅުންހުރި

ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓު: ޝަރުތު ހަމަނުވާނަމަ ނުލިބޭނެ!

15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާދޭނެ ފަރާތެއް ހޯދަނީ

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމަށް ލުއިތަކެއް ދިނުމަށް އުސޫލަށް ބަދަލުގެނެސްފި
