logoEN
Sto top
ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

އަހުމަދު ޝުރާއު

logo

2/27/2025, 8:31:26 AM

# ހައުސިންގ މިނިސްޓްރީ

--

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ނަމުގައި ކުރިޔަށް ގެންދިޔަ ހައުސިންގ ބޮޑު މަޝްރޫއުގެ ދަށުން ފްލެޓުތައް ލިބޭނެ ކަމަށް ކަނޑައަޅައި އާންމުކުރި ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައަޅާފައިވަނީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

Wamco

މައްސަލަ ބޮޑުވި 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓާއި މެދު ހިންގި ދިގު ވެރިފިކޭޝަން ޕްރޮސެސް އަކަށްވެސް އައު ލިސްޓު މިއަދު އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން މިހާރު ރައީސް އޮފީހުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުން ނިމޭތާ މާގިނަ އިރުތަކެއް ނުވެ ލިސްޓު އާންމުކުރާނެ ކަމަށް ހައުސިންގ އިސް އޮފިޝަލަކު ބުނެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފްލެޓް ދިނުމުގައި އެންމެ އިސްކަން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްްޒުގެ ސިޔާސަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ރިޔާއަތްކޮށް ނޮވެމްބަރު 15، 2023 ގައި ގެޒެޓުކުރި ލިސްޓް ވެރިފައި ކުރަން ކަމަށެވެެ. އެގޮތުން ވެރިފިކޭޝަން މަރުހަލާ އަށް ފަހު ނަތީޖާއަށް ބަލާއިރު ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓު ލިބިފަ އިވަނީ 397 މީހުންނަށް ކަމަށްވުމުން ޖުމުލަ ލިސްޓުގައި ޝަރުތު ހަމަވަނީ 1،820 މީހުންގެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޯމުތައް ވެރިފައިކުރުމުގައި ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމް ޗެކްކޮށްފައި ނުވާ ކަމަށާއި، ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމު ވެސް ޗެކްކޮށްފައި ނުވާކަން ހާމަކުރައްވައި މިނިސްޓަރު ވިދާޅުވީ އެހެންކަމުން ލިސްޓުގައި ހިމަނާފައިވާ މީހުން ފިޔަވައި އިތުރު ބައެއްގެ ފޯމު ބަލާފައި ނުވާކަމަށާއި، ޝަރުތު ހަމަނުވާ ފަރާތްތަކާއި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ދަށުން ޕޮއިންޓު ލިބުނު މީހުން، ފްލެޓު ނުލިބޭ މީހުންގެ ގޮތުގައި ކަނޑައަލާފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަދު އާންމުކުރާ ލިސްޓާއި މެދު ޝަކުވާ ހުށަހަޅަން އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside