logoEN
cocacola

އެސްއެސްއާރު އަދި ސީއެޗްޑީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ބީގައި މިއަދު ހަވީރު ކުލަބު ހައުސިންގ ޑިވޮލަޕްމަން ކޯޕަރޭޝަން (ސީއެޗްޑީސީ) އާއި ސަން ސިޔާމް ރިސޯޓް (އެސްއެސްއާރު) ވާދަކުރި މެޗު 30-16 ނަތީޖައަކުން ކާމިޔާބުކޮށް ސީއެޗްޑީސީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އެސްއެސްއާރު ކުޅުނު ފުރަތަމަ މެޗުގައި ޕްރިޒަން ކުލަބް އަތުން 28-15 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 18-19 ގެ ނަތީޖާއަކުން ކޭވީސީ ބަލިކޮށްފައެވެ. އަދި ސީއެޗްޑީސީގެ ފުރަތަމަ މެޗުގައި 27-14 ގެ ނަތީޖައަކުން ކޭވީސީ އަތުން އެޓީމު މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި ޕްރިޒަން ކުލަބް އަތުން އެޓީމު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 22-23 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތް ލަނޑުގެ ލީޑަކާއެކު 16-9 ގެ ނަތީޖާއަކުން ސީއެޗްޑީސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެސްއެސްއާރަށް ކާމިޔާބުކުރެވުނީ އިތުރު ހަތް ލަނޑެވެ.

އެގޮތުން މިމެޗުގައި ސީއެޗްޑީސީގެ މުހައްމަދު ޔަޝްމު އަހުމަދު 14 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޝައިހާން ޝައުކަތު ހަ ލަނޑު، ހުސެއިން ފަހުމީ އަބްދުލް ކަރީމް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަހުމަދު އަފްސާން ތިން ލަނޑު އަދި މަމްދޫހް ޚަލީލް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޝައިހާން އަލީ އެވެ.

މީގެ އިތުރުން މިމެޗުގައި އެސްއެސްއާރުގެ ލަކްޝަން ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިސްމާއިލް އިނާން ހަމްޒާ ފަސް ލަނޑު އަދި ސަމްދޫހު މުހައްމަދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ސަލީމް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްޑީސީގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ސީއެޗްޑީސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެސްއެސްއާރު ކުޅުނު ތިން މެޗުން އެޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމުވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ