logoEN
cocacola
ސީބީއެމް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިމިގްރޭޝަން ކުއާޓާ ފައިނަލަށް

ސީބީއެމް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިމިގްރޭޝަން ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

9/1/2024, 1:07:36 PM

# ދިވެހި ކުޅިވަރު # އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ފިރިހެން ދެވަނަ ޑިވިޝަން# ހޭންޑްބޯލް މޯލްޑިވްސް

ސީބީއެމް އާއި އިމިގްރޭޝަން ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި މިއަދު ހަވީރު ކޮމާޝަލް ބެންކް އޮފް މޯލްޑިވްސް (ސީބީއެމް) އާއި އިމިގްރޭޝަން ވާދަކުރި މެޗު 21-09 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިމިގްރޭޝަން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގައި އިމިގްރޭޝަން ކުޅުނު ފުރަތަމަ މެޗުގައި ކަސްޓަމް ރެކްރިއޭޝަން ކުލަބު އަތުން 16-14 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެމްޑީއެލްސީއެޗް އަތުން އެޓީމު މޮޅުވީ 10-25 ގެ ނަތީޖާއަކުންނެވެ. އަދި ސީބީއެމްގެ ފުރަތަމަ މެޗުގައި 18-15 ގެ ނަތީޖާއަކުން އެމްޑީއެލްސީއެޗް އަތުން އެޓީމު މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ސީއާރުސީ އަތުން އެޓީމު ބަލިވީ 10-19 ގެ ނަތީޖައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ، އިމިގްރޭޝަނުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 10 ލަނޑުގެ ލީޑަކާއެކު 13-03 ގެ ނަތީޖައަކުން އިމިގްރޭޝަން ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އިމިގްރޭޝަނުން އިތުރު އަށް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީބީއެމްއަށް ކާމިޔާބުކުރެވުނީ އިތުރު ހަ ލަނޑެވެ.

އެގޮތުން މިމެޗުގައި އިމިގްރޭޝަންގެ އަހުމަދު ސާއިފް ނައީމް 10 ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު ޝައްފާހު އަދި އަހުމަދު ޒަހުވާން އިމްތިޔާޒް މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަލީ ގިޔާސް، އަހުމަދު ނޫހް އަދި ޔޫސުފް ރިސްފާން މިއިން ކޮންމެ ކުޅުންތެރިއަކުވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ސީބީއެމްގެ އިސްމާއިލް ޝާދިން ނައީމް ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ރަޝީދު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާހިލް ޝަފީއު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އަހުމަދު ސާއިފް ނައީމް އެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމުވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ