
--
ރާއްޖޭގެ އެއާޕޯޓުތައް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު އެއްކޮށްލަން ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހަށް ފަހު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އާރްސީއެލްއާއި އެމްއޭސީއެލް މާޖް ކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުން ދެ ކުންފުނި އެއްކޮލުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި އުންމީދަކީ އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އެމަސައްކަތް ނިންމައި ދެކުންފުނި އެއްކުންފުންޏަކަށް ހަދައި ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށެވެ.
ސައީދު ވިދާޅުވީ މި މާޖާއާއި އެކު އާރްއޭސީއެލްގައި މިހާރު ތިބި މުވައްޒަފުން އިތުރަށް ތަމްރީން ވެގެން ދިޔުން މަގުފަހިވާނެ ކަމަށާއި އެމްއޭސީއެލްގެ އެހީގައި ފަންނީ ގާބިލުކަން އާރްސީއެލްގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އާރްސީއެލް މިހާރުވެސް ހިންގަމުންދަނީ މާލެއިން ކުއްޔަށް ތަންތަން ހިފައިގެން ކަމަށާއި އެމްއޭސީއެލްއާއި އެއްވެގެން ދިޔުމުން އެފަދަ ހަރަދުތައް އެއްކޮށްހެން ކުޑަކުރެވިގެންދާނެ ކަމަށެވެ.
ގުޅުންހުރި

އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު!

ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި

.gif&w=3840&q=75)



