logoEN
cocacola
ޖައިޝަންކަރު އެމްޑީޕީގެ ރައީސްއާއި އިސްވެރިންނާއި ބައްދަލުކުރައްވައިފި

ޖައިޝަންކަރު އެމްޑީޕީގެ ރައީސްއާއި އިސްވެރިންނާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

8/10/2024, 4:40:08 PM

# އެމްޑީޕީ# ރާއްޖެ - އިންޑިއާ

--

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް ޢަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާއި، ޕާޓީގެ ނައިބު ރައީސާ ހިސާން ހުސެއިންއާއި، ޒުވާނުންގެ ހިތްވަރުގެ ރައީސާ ރިފްޤާ ޝިހާމްއާއި، އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުންކަމަށްވާ އާމިނަތު ޝައުނާ އަދި ހުސެން ޝަހީމްގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީޤް ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިއާއިން މެދުކެނޑުމެއް ނެތި ވެދެމުންދާ އެހީތެރިކަމަށް އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ 1000 މުވައްޒަފުން ތަމްރީންކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމާއި ގުޅިގެން އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގައި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ފެއްޓެވި މުހިއްމު މަސައްކަތެކެވެ.

މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީއާބެހޭ މިނިސްޓްރީއާއި އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއަށްވެސް އެމްޑީޕީން އިން ވަނީ މަރުޙަބާ ކިޔާފައެވެ. ޑިޖިޓަލް ޕޭމަންޓްތަކުގެ ނިޒާމްތައް ހަރުދަނާކުރުމުގެ މި އެއްބަސްވުމަކީ ރައީސް ޞާލިޙްގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރެވި، ސޮއިކުރުމާ ހިސާބަށް ގެނެވިފައިވާ އެއްބަސްވުމެކެވެ.

މީގެ އިތުރުން، އިންޑިއާގެ ހިލޭ އެހީގައި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ސްކީމްގެ ދަށުން ހިންގުނު 6 ޕްރޮޖެކްޓެއް ނިންމުން ފާހަގަކޮށް، ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާތީ، އެކަމަށްވެސް އެމްޑީޕީ އިން ވަނީ އިންޑިއާއަށް ޝުކުރު އަދާކޮށްފައެވެ. ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަކަކީ 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމެއް ދަށުން ހިންގަމުން އަންނަ، މުޖްތަމަޢަށް ނުހަނު ފައިދާހުރި ޕްރޮޖެކްޓްތަކެކެވެ.

ހަމައެއާއެކު، އިންޑިއާގެ އެގްޒިމް ބޭންކުގެ ފައިނޭންސިންގ އެހީގެ ދަށުން 28 ރަށެއްގައި ހިންގުނު ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމައި، ދިވެހި ސަރުކާރާ ޙަވާލުކުރުމަށްވެސް މި ޕާޓީން މަރުހަބާ ކިޔަމެވެ. މި މަޝްރޫޢުތައް ހިންގާފައިވަނީ 2018 ގެ ޑިސެމްބަރުގައި ރައީސް ޞާލިހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ދެއްވި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މި މަޝްރޫޢުތައް ފަށާފައިވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ