logoEN
cocacola
އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މަކުނުދޫއަށް!

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މަކުނުދޫއަށް!

އަހުމަދު ޝުރާއު

logo

9/1/2024, 7:38:13 AM

# މޫސުން

-

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި އެންމެ ގިނައިން ވާރޭވެހުނީ އުތުރުގެ ރަށްތަކަށްކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ގޮސިޔާ

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ 08:00 އާއި ހަމައަށް އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ މަކުނުދޫ އަށެވެ. އެގޮތުން މަކުނުދޫއަށް އިއްޔެ 27.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ ހަނިމާދޫ އަށެވެ. އެގޮތުން އެރަށަށް އިއްޔެ 14.1 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ.

އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ކ ދިއްފުއްޓަށެވެ. އެގޮތުން ދިއްފުއްޓަށް އިއްޔެ8.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ