logoEN
cocacola
50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު!

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު!

އަލްފާ އަލީ

logo

8/17/2024, 1:59:47 PM

# މޫސުން

-

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 10:00 އާ ހަމައަށެވެ.

އެ އިދާރާއިން ބުނީ މި މުއްދަތުގައި ބޯކޮށް ވާރޭވެހި, ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިބާރުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ, ރާއްޖެ ސަރަހައްދުގެ މޫސުން ގޯސް ދުވަސްވަރެއް ކަމުން, ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ