logoEN
cocacola
ރާއްޖޭގެ އެންމެ ދެކުނަށް މިރޭ ކެރީގެ އަސަރުކޮށްފާނެ - މެޓް

ރާއްޖޭގެ އެންމެ ދެކުނަށް މިރޭ ކެރީގެ އަސަރުކޮށްފާނެ - މެޓް

އަހުމަދު ޝުރާއު

logo

8/27/2024, 3:09:08 PM

# މޫސުން

--

ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކަށް މިރޭ ކެރީގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ ހެނދުނުގެ ނިޔަލަށް އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަަސަރު ފޯރި ނަމަވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 2 ފޫޓާއި 4 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ