logoEN
cocacola
ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް 14 ދުވަހުން ނިންމާލައިފި

ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް 14 ދުވަހުން ނިންމާލައިފި

އަހުމަދު ޝުރާއު

logo

9/1/2024, 7:09:32 AM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާލައިފި އެވެ.

ގޮސިޔާ

ރަބީއުވިލާގެއަކީ ވަރަށް ބޮޑަށް ވީނާރާވެ ބައުވެފައިވާ އިމާރާތެކެވެ. މި އިމާރާތުގައި މިއަހަރު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު އޭގެ ދުވަސްކޮޅެއް ފަހުން މަރުވެފައި އޮތް މީހެއް ވެސް ވަނީ ފެނިފައި އެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އެގެއަކީ އެއްވެސް ބަޔަކު ދިރިއުޅެމުންނުދާ ގެއަކަށް ވުމުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމަށް ވަދެ އުޅޭ އިމާރާތެކެވެ.

ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

އިއްޔެއަށް މި މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބަރާބަރު 14 ދުވަހުގެ ތެރޭގައި މި ޢިމާރާތް ބިމާ ހަމަކޮށްލެވިފައިވާ ކަމަށާއި އެމަސައްކަތުގައި ހަރަކާތްތެރިވި އެވުޒާރާގެ މުވައްޒަފުންނަށް އެއްވެސް ގެއްލުމެއް ނުލިބި އެތަނުގ ކައިރީގައި ހުރި ގޭތަކުގެ ތެރެއިންވެސް އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބޭކަމަށެވެ.

މިނިސްޓަރ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މާފަންނު ރަބީއުވިލާ ތަޅާލުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވައިގެން ހާއްސަކޮށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތެއް ކަމަށާއި މިމަސައްކަތް ކުރިއިރު ސަރަހައްދުގެ ގޭތަކުގެ މީހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއްވެސް މިނިސްޓަރ ވަނީ ދަންނަވާފައެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަބީއީވިލާ ތަޅާޅުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ނަމަވެސް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި އެމަސައްކަތް ކުރުމަށްފަހު އެމަސައްކަތް ވަރަށް ފުރިަހަމަ ކަމާއި އެކު ނިންމާލެވިފައި ވާކަމަަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ