logoEN
cocacola

ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑް ލައިން ނެރެފި އެވެ.

ގޮސިޔާ

މި ގައިޑްލައިން ނެރެދެއްވީ ބައިނަލް އަޤްވާމީ ފެހުރިހި (ވޭލް ޝާރކް) ހިމާޔަތް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި އަރިއަތޮޅު ދެކުނުބުރީ ދިގުރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

މިއަދު ހެދުނު ދިގުރަށުގައި ބޭއްވުނު މިރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އިތުރަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ފެހުރިއްސާއި އެތަކެތީގެ މާހައުލު ތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގައިޑް ލައިނުގައި ހިމެނެނީ ރާއްޖޭގެ މާހައުލުން ފެންނަ ފެހުރިހި ތަބީޢަތު ދަމަހައްޓާ އެއަަށް ބުރޫ ނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި އެކަމުގައި ގެންގުޅެނވީ އުސޫލުގެ އިތުރަށް ފެހުރިހި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށް އެޖެންސީގެ ހުއްދަ ނަގަންޖެހޭ ކަންކަމާއި ހުއްްދަ ނެގުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ވަނީ ގައިޑްލައިން ގައި ބަޔާން ކޮށްފައެވެ.

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރަމުން އަންނަ ފެހުރިހީގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މިފަހަރުގެ މިދުވަސް ރާއްޖޭގައި މިއަހަރު ފާހަގަ ކުރަމުންގެންދަނީ އަރިއަތޮޅު އުތުރުބުރީ ދިގުރަށުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ