logoEN
cocacola
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވާލަނީ

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވާލަނީ

އަހުމަދު ޝުރާއު

logo

9/16/2024, 11:19:47 AM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމަށް މަޝްވަރާކޮށްފި އެވެ.

ގޮސިޔާ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިސްވެރިން ވަނީ ބައިވެރިވެފައި އެވެ.

ސިޓީތަކާއި ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖެއަށް ރަށުފަތުރުވެރިކަން އާންމުވެގެންދާ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.

އެގޮތުން މިއަދުގެ މި މަޝްވަރާ ބައްދަލުވުމުން ނިމުނީ މި މަސައްކަތްކުރުމަށް ޓަކައި 4 މުއައްސަސާ ހިމެނޭ ގޮތަށް ކުޑަ ކޮމެޓީއެއް އެކުލަވައިގެން އުޞޫލު އެކުލައިލުމުގެ މަސައްކަތްކުރިއަށް ގެންދާ ގޮތަށް ކަމަށާއި އުޞޫލު އެކުލައިލާ ކޮމެޓީގައި އެ ވުޒާރާގެ ކޮންމެ ކުލަސްޓަރއަކުން ބޭފުޅަކާއި، ޓުއަރިޒަމް މިނިސްޓްރީން 2 ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރީން 2 ބޭފުޅަކާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2 ބޭފުޅަކު ހިމެނުމަށް ކަމަށް އެވުޒާރާއިން ބުނެއެވެ.

މިއީ ރައީސް އޮފީހުން އެ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން އެ މިނިސްޓްރީން އެކުލަވައިލާ އުޞޫލެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ