
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަށް ސަރުކާރުން ޕްރޮޕޯޒަލް ހުށަހަޅައިފި
# އެކޮނޮމިކް މިނިސްޓްރީ# މުހައްމަދު ސައީދު# ޕޭޕަލް--
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަށް ސަރުކާރުން ޕްރޮޕޯޒަލް ހުށަހަޅައިފި އެވެ.

މިކަން ހާމަކުރެއްވީ ރޭ ދައުލަތުގެ މީޑިއާ, ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ސައީދު ވިދާޅުވީ ޕޭޕަލް ރާއްޖެއަށް ތައާރަފްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން އެކުންފުންޏަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ޕޮރޮޕޯސަލް ހުށަހެޅި މިދިޔަ ހަފްތާގައި ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ޕްރޮޕޯސަލްއާއި މެދު އެކުންފުނިން ގޮތެއް ނިންމައި ދާދި އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ނަމަވެސް އެއްބަސްވުމެއް ހެދޭނެ ސީދާ ތާރީހެއް ދަންނަވަން ދަތި ނަމަވެސް ޕްރޮޕޯސަލް ބަލައިގަނެ ޕޭޕަލްގެ ހިދުމަތް ދާދި އަވަހަށް ރާއްޖެއަށް ތައާރަފްކުރެވިގެންދާނެ ކަމުގެ ޔަގީންކަން ސައީދު ދެއްވި އެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމާ ގުޅޭގޮތުން ރާއްޖޭގައި އީ-ކޮމާސްއަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ޕޭޕަލްގެ ޕްރެޒިޑެންޓް ފޯ ގްލޯބަލް މާކެޓިންގއާއެކު ސައީދު ވަނީ މިދިޔަ މަހު މަޝްވަރާކުރައްވާފައި އެވެ.
ޕޭޕަލް އަކީ އޮންލައިންކޮށް ފައިސާ ފޮނުވުމާއި ލިބުން ފަސޭހަ ކުރުމަށް އުފައްދާފައިވާ އީ-ވޮލެޓް އެޕްލިކޭޝަނެކެވެ. ރާއްޖޭގައި ފުދޭވަރަކަށް މަގުބޫލު ނަމަވެސް މިވަގުތު މި އެޕްލިކޭޝަންގެ ބޭނުން ރާއްޖޭގައި ހަމައެކަނި ކުރެވެނީ ބިދޭސީން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ގޮތެއް ރާއްޖޭގައި ހަމަޖެހިފައި އަދި ނެތެވެ. ޕޭޕަލްގެ އިތުރުން އެހެން ގައުމުތަކުގެ އީ-ވޮލެޓް ތައާރަފް ކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުންދާއިރު، އިންޑިއާ ރުޕޭ ކާޑު ބޭނުންކުރުމަށް މުހިންމު މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުންމެވެ.
ގުޅުންހުރި

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ޚާއްސަ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

ތުރުކީއާއި އެކު އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި
