.webp&w=3840&q=75)
ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގަން އަންގާފައި ނުވާނެ - އިހްސާން
# މިނިސްޓަރ އިހްސާން--
ރޭ މާލޭގައި ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގަން އަންގާފައި ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމާތްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ފެތުރުމާއި ގުޅިގެން ކުރެއްވި އެކެސް ޕޯސްޓެއްގައެވެ.
މިނިސްޓަރ ކުރެއްވި ޕޯސްޓުގައި ވަނީ އަންހެނަކު ރަހީނުކުރި ހާދިސާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ތަހުޤީޤެއް ހިންގަން އަންގާފައިނުވާނޭ ކަމަށް ވިދާޅުވެފައެވެ.
އަދި ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްވީ ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތުންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ފުލުހުންގެ މަސައްކަތަށް ސާބަސް ދަންނަވާފައެވެ.
ރޭ ހިނގި މިހާދިސާގައި ފުލުހުން ވަނީ ހުށިޔާރު ކަމާއި އެކު ރިހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމާތްކޮށް މައްސަލައާއި ގުޅުންހުރި މީހާ ހައްޔަރުކޮށްފައެވެ. އެގޮތުން މި އޮޕަރޭޝަންގައި ދެމީހުންނަށްވެސް އަނިޔާވި އިރު ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުންހުރި

އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން ފޯރުކޮށްދެވޭނެ: އިހްސާން
-1730097172741.webp&w=3840&q=75)
ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތް: އިޙްސާން
