logoEN
cocacola
ޖީ 16 ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސްގެ 36 ވަނަ ބައްދަލުވުން ރާއްޖޭގައި ފެށިގެން ކުރިޔަށް!

ޖީ 16 ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސްގެ 36 ވަނަ ބައްދަލުވުން ރާއްޖޭގައި ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

8/29/2024, 5:55:47 PM

# ފިޝަރީޒް މިނިސްޓްރީ

--

އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތައް ގުޅިގެން އެކުލަވާލެވިފައިވާ "ޖީ 16 – ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސް" ގެ 36 ވަނަ ބައްދަލުވުން ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ގޮސިޔާ

ޖީ 16 ގެ މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް ކަނޑުމަސް ބޭނޭނެ މަތީ މިންވަރު ކަނޑައެޅުމާއި ބެހޭ ގޮތުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އަށް ހުށަހަޅާފައިވާ ގަރާރާއިމެދު މިގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވުމަކަށް އައުމެވެ.

ޖީ 16 ގެ މި ބައްދަލުވުމުގައި މި ގަރާރާއިމެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އަންނަ އަހަރުގެ އައި.އޯ.ޓީ.ސީގެ އަހަރީ ބައްދަލުވުމުގައި މި ގަރާރު ފާސްކުރުމަށް ހުށަހެޅޭނެއެވެ. ދެދުވަހުގެ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކޮމޮރޮސް، އީރާން، ކެންޔާ، މެލޭޝިއާ، މޮޒަމްބީކް، ސްރީ ލަންކާ، ސައުތް އެފްރިކާ، ޓެންޒޭނިއާ އަދި ތައިލެންޑް ގެ މަސްވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެއެވެ. އަދި މީގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި ވަރލްޑް ވައިޑް ފަންޑް ފޮރ ނޭޗަރ (ޑަބްލިއު.ޑަބްލިއު.އެފް)، ސަސްޓެއިނަބްލް ފިޝަރީޒް އެންޑް ކޮމިއުނިޓީސް ޓްރަސްޓް (އެސްފެކްޓް) އަދި ސައުތް ވެސްޓް އިންޑިއަން އޯޝަން ޓޫނާ ގެ ފަރާތުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުން ހުޅުވާދެއްވުމުގެ ގޮތުން ވަޒީރު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޤައުމަކަށް ދިވެހިރާއްޖެ ވާއިރު، ކޮންމެ ޤައުމަކަށް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، މަސްވެރިކަމުން ވަޒީފާގެ ފުރުޞަތުތައް ހުރި މިންވަރަށާއި، މަސްވެރި އާއިލާތަކަށް ކުރާ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އިންޑިއާ ކަނޑުގެ ކަނޑުމަހާއި ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް އައި.އޯ.ޓީ.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބޭނޭނެ މިންވަރުތަކެއް ކަނޑައުޅުމަށް އަލޮކޭޝަން ރެޖީމެއް ކަނޑައެޅުމަށް މަޝްވަރާކުރާތާ މިހާރު ވަނީ 14 އަހަރުވަނީ ވެފައެވެ.

ނޯޓް: ޖީ 16 އަކީ އައި.އޯ.ޓީ.ސީގެ މެންބަރު ގައުމުތަކުގެ ތެރެއިން ހިޔާލު އެއްގޮތް އައްސޭރިފަށުގެ ގައުމުތައް ގުޅިގެން، މަސައްކަތްކުރުމަށް އެކުލަވާލައިފާ ގްރޫޕެކެވެ. މި ގްރޫޕްގެ މައިގަނޑު މަޤްސަދަކީ އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށްޓަކައި އައި.އޯ.ޓީ.ސީ މެދުވެރިކޮށް ކުރާ މަސައްކަތްތައް ރާވައި، ހިންގުމުގައި އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި ވިލަރެސްކޮށް، ވީހާވެސް ގިނަ ގައުމުތަކުގެ ބައިވެރިވުމާއެކު ކަންކަން ނިންމުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ